އޮޅުން
ފިލުވައިދިނުން ތަފާތު ބައިތަކަށް ބަހާލެވެއެވެ.
އެހެންނަމަވެސް މައިގަނޑު ގޮތެއްގައި ބަހާލެވެނީ 3 ބަޔަކަށެވެ. އެއީ:
* ކޮން
އެއްޗެއްކަން އޮޅުން ފިލުވައިދިނުން.
*
ކިހިނެތްކަން އޮޅުން ފިލުވައިދިނުން.
*
ކީއްވެގެންކަން އޮޅުން ފިލުވައިދިނުން.
މީގެ
އިތުރުންވެސް ކުރިން ދެންނެވުނު ކަންކަމަށްވުރެ މުހިންމުކަން ކުޑަ 2 ބައިވެއެވެ.
އެއީ "ކޮންއިރަކުކަން" "ކޮންތާކުކަން"
އޮޅުންފިލުވައިދިނުމެވެ. މިބައިތަކަށް ސަމާލުކަން ދެވިގެން ރާވާލެވިގެން
މުދައްރިސްގެ އުނގަންނައިދިނުން ކުރިއަށް ގެންދެވިއްޖެނަމަ ފައިދާ ހުރިކަމަކަށް
ވެގެން ދާނެއެވެ. މިބައިތައް އޮޅުންފިލުވައިދޭނީ ކޮންމެހެން މަތީގައިވާ
ތަރުތީބަކުން ނޫނެވެ. މިހާ ހިސާބުން އޮޅުންފިލުވައިދިނުމުގެ މައިގަނޑު 3 ބައިގެ
އިތުރު ތަފުސީލަށް ބަލާލާނަމެވެ.
* ކޮން
އެއްޗެއްކަން އޮޅުން ފިލުވައިދިނުން.
މިބައިގެ
ތެރޭގައި ހިމެނެނީ، އެއްޗެއް، މައްސަލައެއް، ނުވަތަ އެއްޗެއްގެ ބާވަތް އޮޅުން
ފިލުވައި ދިނުމެވެ.
މިސާލު:
މަސްވެރިކަމަކީ ކޮބައިކަން އޮޅުންފިލުވައި ދިނުން.
*
ކިހިނެތްކަން އޮޅުން ފިލުވައިދިނުން.
މިބައިގައި
ހިމެނެނީ ކަމެއް ކުރާގޮތް އޮޅުން ފިލުވައި ދިނުމެވެ.
މިސާލު:
މަސްވެރިކަންކުރަނީ ކިހިނެތްކަން އޮޅުންފިލުވައި ދިނުން.
*
ކީއްވެގެންކަން އޮޅުން ފިލުވައިދިނުން.
މިބައިގައި
ހިމެނެނީ ކަމަކާގުޅޭ ސަބަބުތަކާ ކަމެއް މެދުވެރިވާ ހެކިތައް އޮޅުން ފިލުވައި
ދިނުމެވެ.
މިސާލު:
މަސްވެރިކަންކުރަނީ ކީއްވެގެންކަން އޮޅުންފިލުވައި ދިނުން.
އޮޅުންފިލުވައިދިނުމުގައި
ވިސްނަންޖެހޭނެ ކަންކަން (ކޯލް އެން ޗޭން، 1999) ފާހަގަ ކުރައްވާގޮތުގައި
މައިގަނޑު 8 ކަމަކަށް ނަޒަރު ހިންގާލާނަމެވެ. "ޓީޗިން
އެއިޑްސް ބޭނުންކުރުން، ސުވާލާއި
ޖަވާބު، މިސާލު އަދި އިދިކޮޅު، ގްރެފިކް އޯގަނައިޒާސް ބޭނުންކުރުން، ޚުލާސާކުރުން، ރިޕީޓްކުރުން، މުހިއްމު ބައިތައް ފާހަގަކުރުން އަދި ތަޖުރިބާކުރުމުގެ
ފުރުޞަތު " ދަރިވަރުންނަށް ލިބިދިނުން މުހިންމެވެ.
ރަގަޅަށް
އޮޅުން ފިލުވައިދިނުމުގައި ހިމެނޭ ކަންތައްތައް
ކުރިންވެސް
ދެންނެވުނު ފަދައިން ސާފުވާނޭހެން ރަގަޅަށް އޮޅުން ފިލުވާދޭ ގޮތުން ދަރިވަރުންގެ
އުނގެނުމަށް ހެޔޮ އަސަރާއި ނުރަގަޅު އަސަރު ކުރާނެއެވެ. އެހެންކަމުން އުނގެނުމަށް
ހެޔޮބަދަލަކަށް ރަގަޅު ބުނެދިނުމަކަށް ނުވަތަ އޮޅުންފިލުވައި ދިނުމަކަށް ތިރީގައި
މިދަންނަވާ ކަންކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.
ހ- ވާހާ
ކުރުކޮށް އޮޅުންފިލުވައި ދިނުން
ށ-
އޮޅުންފިލުވައިދޭއިރު އަޑުއަހާ ހިތްޖެއްސުން
ނ-
އޮޅުންފިލުވައިދޭ އެއްޗެތީގެ ތެރޭގައި ފިލާވަޅުގެ މުހިންމު ނުކުތާތައް ހިމެނުން.
ރ-
އޮޅުންފިލުވައިދޭ އެއްޗެތީގެ މެދުގައިވާ ގުޅުން އަންގައިދިނުން.
ބ-
އޮޅުންފިލުވައިދޭން ބޭނުންކުރާ ޖުމްލަތައް ފުރިހަމަކުރުން.
ޅ-
ދަރިވަރުންގެ ފެންވަރާ އެކަށޭނަ ބަސްކޮށާރެއް ބޭނުންކުރުން.
ކ- ބޭނުންކުރާ
ލަފުޒުތަކާއި ޢިބާރާތްތަކުގެ މާނަ ސާފުވުން.
އ-
އޮޅުންފިލުވައިދޭ މުހިންމު ޕޮއިންޓްތަކަށް ބާރުއެޅުމުގެ ގޮތުން ތަކުރާރުކުރުން.
އެހެންކަމުން
މަތީގައި ދެންނެވިފައިވާ ކަންތައްތަކަށް ބަލައިގެން ރަގަޅަށް އޮޅުން
ފިލުވައިދެވިއްޖެނަމަ ދަރިވަރުންގެ އުނގެނުމަށް ހެޔޮބަދަލުތަކެއް އަންނާނެއެވެ.