މުދައްރިސަށް ބަރޯވާ އުނގަންނައިދިނުމަކީ ކުލާހުގެ
އުނގަންނައިދިނުމުގެ ހަރަކާތްތަކުގައި ދަރިވަރުންގެ ދައުރަށްވުރެ މުދައްރިސްގެ
ދައުރު ބޮޑުވާގޮތަށް އުގެނުމުގެ ހަރަކާތް ކުރިއަށް ގެންދާ އުސޫލެވެ. ކުލާހުގައި
ދަރިވަރުންގެ މަސައްކަތް މަދުވެ މުދައްރިސްގެ ދައުރު ބޮޑުވާގޮތަށް
އުނގަނައިދިނުމެވެ. މިވައްތަރުގެ އުނގަންނައިދިނުމުގައި ދަރިވަރުން ކުލާހުގައި
ތިބޭނީ އަޑުއަހާ ބައެއްގެ ގޮތުގައެވެ. މިގޮތުން މުދައްރިސްގެ ދައުރުން ފާހަގަ
ކުރެވޭ މައިގަނޑު ތިން ނުކުތާއަކަށް ބަލާލާނަމެވެ.
ހުރިހާ އުނގެނުމުގެ ހަރަކާތެއްވެސް ހިނގާނީ މުދައްރިސް
ބޭނުންވާ ގޮތަށެވެ. އަދި ދަރިވަރުން ކުރަމުން
ގެންދާނީ މުދައްރިސް ބުނާކަމެކެވެ. އެހެންކަމުން ދަރިވަރުން ތިބެންޖެހޭނީ
ހަމައެކަނި ބުނާކަމެއް ކުރާ ބައެއްގެ ގޮތުގައެވެ.
ދަރިވަރުންގެ މަސައްކަތަށް ލިބޭ ވަގުތު ކުޑަވެފައި ގިނަވަގުތު ބޭނުން
ކުރަމުން ގެންދާނީ މުދައްރިސެވެ. އަދި ގިނަކަންކަން ކުރަމުންގެންދާނީ
މުދައްރިސެވެ. އެހެންކަމުން ދަރިވަރުގެ ވިސްނުން ފުޅާވުމަށް ލިބޭ ފުރުސަތުތައް
ކުޑަވެގެން ދެއެވެ.
އެއްވެސް ކަމެއްގައި ގޮތްނިންމުމުގެ ފުރުސަތު ދަރިވަރަށް
ލިބިފައެއް ނޯންނާނެއެވެ. އެއްވެސް ޗޮއިސްއެއް ނުލިބޭނެއެވެ. ދަރިވަރުން ކުރަމުން
ގެންދާނީ ކަނޑައެޅިފައިވާ ކަންތައްތަކެއް ތަންފީޒުކުރުމުގެ މަސައްކަތެވެ.
މިވައްތަރުގެ
އުނގަންނައިދިނުމަކީ ކުލާހުގެ އުނގަންނައިދިނުމުގެ ހަރަކާތްތަކުގައި ދަރިވަރުންގެ
ދައުރު ބޮޑުކޮށް މުދައްރިސްގެ ދައުރު ކުޑަކުރުމެވެ. ދަރިވަރަށް ބަރޯސާކޮށްގެން
އުނގެނުމަކީ ދަރިވަރުންގެ ބޭނުންތަކާ ގުޅުވާލައިގެން އެ ބޭނުންތަކަށް
އިސްކަންދީގެން އުނގަންނައިދެވޭ އުނގަންނައި ދިނުމެވެ.
ދަރިވަރުންނަށް އަމަލީގޮތުން ގިނަ މަސައްކަތްތަކެއް
ކުރުމުގެ ފުރުސަތު ގިނަވާގޮތަށް ފިލާވަޅު ކުރިއަށް ގެންދިއުމެވެ. މިވައްތަރުގެ
އުނގަންނައި ދިނުމުގައި މުދައްރިސް ފެނިގެންދާނީ ފެސިލިޓޭޓަރެއްގެ ގޮތުގައެވެ.
ނުވަތަ އެހީތެރިވެ އިރުޝާދު ދޭ މީހެއްގެ ގޮތުގައެވެ.
ދަރިވަރަށް ބަރޯސާކޮށްގެން ނުވަތަ އިސްކަންދީގެން ކިޔަވައި
ދިނުމާއި ބެހޭ ގޮތުން ވަރަށް ގިނަ ބޭބޭފުޅުން ދިރާސާ ކުރައްވާ ލިއުއްވާފައިވާ ލިއުއްވުން
ތަކަށް ނަޡަރު ހިންގާލާއިރު މިއީ އުނގަންނައި ދިނުމުގައި ވަރަށް ކާމިޔާބު
ގޮތެއްކަމަށް ފާހަގަ ކުރެވުނެވެ. މިގޮތުން އަހޮލާ، (1995). ފާހަގަ ކުރައްވާ
ގޮތުގައި ދަރިވަރަށް ބަރޯސާކޮށް ކިޔަވައިދޭ ކިޔަވައިދިނުން ފަށައިގަތުމުގައި
ލަސްނަމަވެސް، ދަރިވަރު އުނގެނުމުގެ ގޮތްތަކާއި، ދޭހަވާ ދޭހަވުމާއި ދަރިވަރުންނަށް
ލިބިދެވޭ ހުނަރުތައް އިތުރެވެ. ދަރިވަރަށް ބަރޯސާކޮށްގެން ކިޔަވައި ދިނުމާއި
މުދައްރިސަށް ބަރޯސާކޮށްގެން ކިޔަވައި ދިނުމުގައި މައިގަނޑު ތިން ތަފާތު ވެއެވެ. އެއީ
ދަރިވަރަށް ބަރޯސާ ކުރުމުން:
-
ގޮތް ނިންމުމަށް ދަރިވަރަށް ލިބޭ ފުރުސަތު ބޮޑުވުން.
-
އުނގެނުމުގެ ތެރޭގައި ކުރެވޭ ކަންކަމުގައި ބޮޑަށް ޙަރަކާތްތެރިވާ ބަޔަކީ
ދަރިވަރުން.
-
އަދި ކަންކަން ކުރުމުގެ ބާރު ބޮޑަށް ދަރިވަރުންނަށް ލިބިގެން ދިއުމެވެ. އެހެންކަމުން
ދަރިވަރަށް އިސްކަންދޭ
އުނގަންނައިދިނުމަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ކަމެކެވެ.
މިގޮތަށް
އުނގަންނައިދިނުމުގައި ދަރިވަރުންނަށް ކުރާނެ ފައިދާ އާއި ގެއްލުން އަދި
ސަމާލުވާންޖެހޭ ކަންކަމަށް ޚުލާޞާކޮށް ބަލައިލުން މުހިންމެވެ. މިގޮތުން ތިރީގައި
މިވަނީ އަޅުގަނޑުމެންގެ މަދަރުސާތަކުން ފާހަގަ ކުރެވޭ ކަންކަމެވެ.
ދަރިވަރަށް ބަރޯސާކޮށްގެން
އުނގެނުމުގެ ފައިދާ
|
ދަރިވަރަށް ބަރޯސާކޮށްގެން
އުނގެނުމުގެ ގެއްލުން
|
ދަރިވަރަށް ބަރޯސާކޮށްގެން
އުނގެނުމާ ގުޅިގެން ފާހަގަކުރެވޭ މުހިއްމު ކަންކަން
|
ü
ދަރިވަރު
އުނގެނުމަށް ޝައުޤުވެރިވުން
ü
މަޤްސަދު
ހާސިލްކުރުމަށް ފަސޭހަވުން
ü
ދަރިވަރުގެ
ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް މަގުފަހިވުން
ü
ދަރިވަރަށް
އަމިއްލައަށް އުނގެނުން ވަޒަންކުރުމުގެ ފުރުސަތު ލިބުން
ü
ދަރިވަރުން
ސްކޫލާއި މެދު ގާތް ގުޅުމެއް އުފެދުން
ü
ދަރިވަރުންގެ
ބައިވެރިވުން ބޮޑުވުން
ü
އުނގެނޭ
އެއްޗެއް އަވަހަށް ފަހުމްވުމާއި ހުނަރު އިތުރުވުން
ü
ވަކިވަކި
ދަރިވަރުންނަށް އާލެވޭ މިންވަރު އިތުރުވުން
|
v ބޭނުންވާ ވަސީލަތް މަދުވުން
v މިގޮތަށް އުނގަންނައި ދިނުމަށް މުދައްރިސުން އާވުން
v ކޮންމެދަރިވަރަކީ ވަކިހުނަރުތަކާއި ވަކިކަންތަކަކަށް
ލޯބިކުރާ ދަރިވަރަކަށް ވުމާއެކު މިގޮތަށް އުނގަންނައިދިނުމުގައި ހުރިހާ
ދަރިވަރުންނަށް ދޭންވާ ސަމާލުކަން އެންމެ އެކަށީގެންވާ ގޮތެއްގައި ނުދެވުން.
v ކޮންމެ ދަރިވަރަކީ ވެސް ވަކިވަކި ކަންތައްތަކަކަށް
ހޭނިފައިވާ ދަރިވަރަކަށްވާތީ މިގޮތަށް ކިޔަވައިދިނުމުގައި އެންމެ އެކަށީގެންވާ
ގޮތެއްގައި ކިޔަވައިދިނުން ކުރިއަށް ގެންދިއުމަކީ ދަތި ކަމަކަށްވުން.
v ދަރިވަރުންނަށް ރަނގަޅަށް ގައިޑް ނުކޮށްދެވުން
v ފެންވަރުބަލާ ނަތީޖާ ކަނޑައެޅުމުގައި ދަތިވުން
|
Ø
އުނގަންނައިދިނުމުގައި
ދަރިވަރުންގެ ދައުރު ބޮޑުކުރުން
Ø
އުނގަންނައިދިނުމުގައި
ޝައުޤުވެރިކަން ދެމެހެއްޓުން
Ø
ދަރިވަރުންގެ
ޤާބިލްކަން ކުރިއަރާނެ ގޮތްތަކަށް ވިސްނުން ބަހައްޓައިގެން ކުރިއަށް ގެންދިއުން.
Ø
ދަރިވަރުން
ގުޅިގެން މަސައްކަތް ކުރުވޭ މިންވަރު އިތުރު ކުރުން
Ø
ކުލާސްރޫމް
އެކަށީގެންވާ ގޮތަށް ތައްޔާރުކުރުން.
Ø
ފިލާވަޅު
ރަނގަޅަށް ޕްލޭންކުރުން
Ø
އުނގެނުމުގެ
އެހީ ތައްޔާރުކުރުން
Ø
ދަރިވަރުން
އިޖްތިމާއީ ގޮތުން ކުރިއެރުން
Ø
ވާހަކަދެއްކުންތެރިކަމާއި
ހުށިޔާރުވުން
|
ދިވެހިރާއްޖޭގެ
ސްކޫލްތަކުގައި ކިޔަވައިދޭދިނުމުގައި ރަނގަޅުކަމަށް ޤަބޫލު ކުރެވޭ ހާލަތްތަކާއި
މިންވަރު
އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖޭގެ ސްކޫލްތަކުގައި
މިދެވައްތަރުގެ އުނގެނުންވެސް ކުރިއަށް ދެއެވެ. އަދި ކޮންމެ މުދައްރިސަކީވެސް
އުނގަންނައިދިނުމުގައި ތަފާތު އަމިއްލަ ގޮތްތަކެއް ގެންގުޅޭނެ ފަރާތެކެވެ. އަދި
އެއްމުދައްރިސަކު ކިޔަވައިދިނުމުގައި ވެސް ކުރިން ދެންނެވުނު ދެވައްތަރުގެ
އުނގަންނައިދިނުން ބޭނުން ކުރައްވާކަން ފާހަގަ ކުރެވެއެވެ.
ދިވެހިރާއްޖޭގެ ސްކޫލުތަކުގެ އުގަންނައިދިނުމުގައި ޒަމާނީ
ޓެކްނޮލޮޖީ ބޭނުންކުރުމުގެ، ތަންކޮޅެއް ކުރީގެ ޒަމާނަށް ނަޒަރު ހިންގާލާއިރު
ތަފާތު ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންނަށް އުނގަންނައިދިނުމުގެ ފުރުސަތު
ލިބިދެވި ދަރިވަރުން ހަރަކާތްތެރިވެ އުނގެނުމަށް ފަހި މާހައުލެއް ފެނިގެން
ދިޔަކަން ފާހަގަ ކުރެވެއެވެ. މިގޮތުން އަކުރު ދަސްކުރުމުގައި ވެލި، ވޮށުފިލާ ފަދަ
ތަކެތި ބޭނުންކުރުމާއި ދަރިވަރުން އަމިއްލައަށް ވަރަށް ގިނަ މަސައްކަތް ކުރަމުން
އައިކަން ފާހަގަ ކުރެވެ އެވެ.
އަޅުގަނޑު ދެކޭގޮތުގައި ދަރިވަރަށް އެންމެ ފައިދާހުރި އުނގެނުމުގެ
ވައްޓަފާޅިއަކީ ދަރިވަރަށް ބަރޯސާ ކޮށްގެން އުނގަންނައި ދިނުމެވެ. މިފަދަ
އުގަންނައި ދިނުމަކީ ދަރިވަރުގެ ވިސްނުމާއި ޤާބިލްކަން އިތުރުވެ، އިޖުތިމާއީ އަދި
ކަންކަމަށް ލޯހުޅުވޭ ހުސިޔާރު ދަރިވަރަކަށް ވުމުގެ ފުރުސަތު ދަރިވަރުންނަށް
ލިބިގެން ދާކަމެކެވެ. އަދި ތަޢުލީމީ ހަޔާތުގެ ތެރެއިން ކޮންމެ ދަރިވަރަކީވެސް އެދަރިވަރަކަށް
ލިބިފައިވާ ހުނަރެއް ތަރައްޤީކޮށް މަތީ ހަރުފަތަކަށް ވާސިލުވުމަށް މަގުފަހިކޮށްދޭ އުނގެނުމަކަށް
ވެގެންދާކަމެވެ. މީގެ އިތުރުން ދަރިވަރަށް ބަރޯސާކޮށްގެން އުނގަންނައިދޭ
ދިނުމުގައި އެދަރިވަރު ކުރާހިތުން އަދި ތިމާގެ އަމިއްލަ ޒިއްމާއެއް އޮތްކަމެއްގެ
ގޮތުގައި ޝައުޤުވެރިކަމާއެކު ކުރަމުން އަންނަ ކަމަކަށް ވެގެން ދެއެވެ.
ދަރިވަރުންނަށް ބަރޯސާކޮށްގެން އުނގެނޭ މާހައުލަކީ
އުނގަންނައި ދިނުމުގައި ވަރަށް މުހިންމު ވަސީލަތެކެވެ. ސަބަބަކީ އެތަނަކީ
ދަރިވަރުގެ އުނގެނުމުގެ ވަގުތާއި އަދި ތަޖުރިބާތައް އެންމެ ގިނައިން ކުރަމުން
ގެންދާނެ ތަނެވެ. މިފަދަ އުނގަންނައިދިނުން ބައްޓަން ކުރުމުގައި ވިސްނުން
ބަހައްޓަންޖެހޭ ކަންތައްތައް އެބަހުއްޓެވެ.
ü
ދަރިވަރުން ކުރާމަސައްކަތުގެ މަޤްޞަދު ކަނޑައެޅުން.
ü
މުދައްރިސްގެ މަސައްކަތަށްވުރެ ދަރިވަރުންގެ މަސައްކަތް އިތުރުކުރުން.
ü
މަސައްކަތުގައި ދަރިވަރުންގެ ބައިވެރިވުން ލިބޭނޭގޮތަށް ތަފާތު އަދި
އެކަށީގެންވާ ހަރަކާތް ގެންދިއުން.
ü
ދަރިވަރު އުނގެނޭ އެއްޗަކާއި އަދި ކުރިއަރަމުން އަންނަގޮތް ވަޒަންކުރެވޭނެ
ހަރުދަނާ އުސޫލުތަކެއް ބިނާކުރުން.
ü
ގުޅިގެން އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެކު މަސައްކަތް ކުރެވޭނެ
މާހައުލެއް ފަހިކުރުން.
ü
ދަރިވަރުންނަށް ރައްކާތެރި ތަނަކަށްވުން.
ü
ދަރިވަރުންގެ ހިތްހަމަޖެހުމާއި ޚިޔާލުފާޅުކުރުމުގެ ފުރުސަތު ލިބިފައިވާ
ތަނަކަށް ހެދުން.
ü
މުދައްރިސްގެ އުނގެނުމުގެ ހަރަކާތްތަކަކީ ދަރިވަރުން ޝައުޤުވެރިވާގޮތަށް
ފަރުމާކުރެވިފައި ވުން.
ü
ރަނގަޅަށް ރޭވިގެން ހުރިހާ ދަރިވަރުންގެ ފެންވަރާއި ޤާބިލްކަމަށް ވިސްނާފައި
އެކުލަވާލެވިފައިވާ ޕްލޭނަކަށްވުން.
ü ދަރިވަރުންގެ ދިރިއުޅުމުގައި
ބޭނުންހިފޭނެ އަދި ދިރިއުޅުމާއި ގުޅުވާލެވިފައިވާ ހަރަކާތްތަކަށް ވުން.
މިގޮތަށް އުނގަންނައިދިނުމަކީ ކްލާސްރޫމުގައި މުދައްރިސްގެ ދައުރު
ކުޑައެއްކަމަކު ކުލާސްރޫމަށް ދިއުމުގެ ކުރިން ނުހަނު ބޮޑަށް ތައްޔާރުވުމާއި
ތައްޔާރުވުމަށް ވަގުތު ބޭނުންވާ ކަމެކެވެ. މިގޮތުން މިފަދަ ކުލާސްތަކަށް ދިމާވަ
ބައެއް ހުރަސްތައް އަޅުގަނދު ހިމަނާލާނަމެވެ.
§
ކިޔަވައިދޭންޖެހޭ ޕީރިއަޑު ގިނަވުމުން ތައްޔާރުވާން އެކަށީގެންވާ ވަރަށް
ވަގުތު ނުލިބުން.
§
ބައެއްކަހަލަ ރިސޯސް އެކަށީގެންވާވަރަށް ނުލިބުން.
§
މިފަދަ އުނގެނުމަށް ދަރިވަރުން ހޭނިފައި ނެތުން.
§
މިގޮތް ބޭނުންކުރާ މުދައްރިސުން މަދުވުން.
§
މަޢުލޫމާތު ހޯދާނެ ވަސީލަތް މަދުވުން. (ލައިބްރަރީފަދަ ޚިދުމަތް)
§
މުދައްރިސްގެ ފިލާވަޅުތައް ބަލާ އެހީތެރިވާނެ އުސޫލު ކުޑަވުން.
§
ބެލެނިވެރިންގެ އެހީތެރިކަމާއި އެއްބާރުލުން ބައެއްފަހަރު ލިބުން ކުޑަވުން.
މިހެންމިކަން ހުރި ކަމުގައިވިޔަސް
ދަރިވަރުންނަށް ލިބިދޭންޖެހޭ ތަމްރީނާއި ތަރުބިއްޔަތަށް ފަހިކޮށްދިނުމަކީ
މުދައްރިސުންގެ އެންމެ ބޮޑު އެއްވާޖިބެވެ. އެހެންކަމުން މިފަދަ ހުރަސްތައް
ނައްތާލުމަށް ނުވަތަ ވީހާވެސް ކުޑަކުރުމަށް މުދައްރިސެއްގެ ހައިސިއްޔަތުން
ކަންތައްތަކެއް ކުރެވިދާނެއެވެ. މިގޮތުން ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން
ދުރާލާ ފިލާވަޅަށް ތައްޔާރުވުން، އެހެން މުދައްރިސުންނާއި ޤާބިލް މީހުންގެ އެހީތެރިކަމާއި
ލަފަޔާއި އިރުޝާދު ހޯދުން، މުދައްރިސުންގެ މެދުގައި ކުރެވޭ މަޝްވަރާތަކުގައި
މިފަދަ އުނގެނުމުގައި ފައިދާ ހިއްސާކުރުން، ދޭދޭ މުދައްރިސުން ފިލާވަޅުތައް ބަލާ ފީޑްބެކް
ދިނުމާއި އުނގަންނައިދެވޭ ބައިތަކުގެ މައުލޫމާތު ވީހާވެސް ގިނައިން
ބެލެނިވެރިންނަށް ދިނުން ފަދަ ކަންކަން ކުރެވިދާނެއެވެ.
No comments:
Post a Comment