Tuesday, April 7, 2015

މުދައްރިސުން ކުދިންގެ ތަފާތުކަން (ޑައިވަރސިޓީ) ބަލައިގަންނަންވާނެއެވެ. އަދި، ހުރިހާ ކުދިންގެ ކިބައިންވެސް މަތިވެރި އުންމީދުތަކެއް (ހައި އެކްޕެކްޓޭޝަންސް ކުރަންވާނެއެވެ. މި އިބާރާތް ސައްހަކަން ބަޔާންކޮށްދޭށެވެ

ކުދިންގެ ތަފާތުކަން
އުނގަނައި ދިނުމުގައި ދަރިވަރުންގެ ފަރުދީ ތަފާތުތަކަށް ވިސްނައި އުނގަނައިދިނުން ބައްޓަން ކުރުމަކީ ބޭނުންތެރި ކަމެކެވެ. މިގޮތުން ކުދިންގެ އާއިލީ ފެންވަރާއި، ސަގާފަތާއި ކުދިންގެ ބޭނުންތަކަށް ވިސްނަން ޖެހެ އެވެ. އަދި އުނގަންނައިދިނުމުގައި މުދައްރިސުން މިފަދަ ތަފާތުކަން ދެނެގަންނަން ވާނެއެވެ. އަދި މިކަންކަމަށް ނަޒަރު ހިންގުމާއިއެކު ދަރިވަރުންގެ ކިބައިން ކުރެވޭ އުންމީދުތަކަށް ރިޔާއަތްކޮށް ދަރިވަރުންގެ މެދުގައި ތަފާތު ހުންނަކަން ދެނެގަނެ އެތަފާތުތަކާއިއެކު އުނގަންނައިދޭން ސަމާލުކަން ދޭންޖެހެއެވެ. މިގޮތުން މުދައްރިސްގެ ވިސްނުމުގައި ބަހައްޓަންޖެހޭ ބައެއް ތަފާތުތަކަށް ނަޒަރު ހިންގާލާނަމެވެ.
 ޢާއިލާގެ ފޯރުންތެރިކަމުގެ ފެންވަރު
ޢާއިލާގެ ކެރިފޯރުންތެރިކަން ހުންނަ ފެންވަރުން ދަރިވަރުންގެ ސުލޫކަށާއި، ދެކޭގޮތްތަކަށާއި، ކުރެވޭ ތަޖުރިބާތަކަށާއި، ވިސްނުމަށާއި އަދި މަދުރަސީ ކާމިޔާބަށް ވަރަށް ބޮޑު އަސަރު ތަކެއް ކުރުވައެވެ.
 ޘަޤާފަތް
ޘަޤާފަތަކީ މީހުންގެ ވިސްނުންވަކިގޮތަކަށް އަމާޒު ކުރުވާ، ޤަބޫލުކުރާ ކުރުންތަކާއި، އާދަކާދަ އަދި ކުދިން މަދަރުސާއަށް އަންނައިރު އަންނައިރު އެކުދިންނާއެކު ގެންނަ ގޮތްތަކެކެވެ. މަދަރުސާގެ ޘަޤާފަތާއި ދަރިވަރުގެ ޘަޤާފަތް ގުޅިއްޖެނަމަ އޭގެ ސަބަބުން ދަރިވަރު މަދުރަސީކާމިޔާބަށް ވަރަށް ރަގަޅު އަސަރުތަކެއް ކުރުވައެވެ.
 ޖިންސު
ކުދިންގެ ސުލޫކާއި ތޫނުފިލިކަމުގައި ޖިންސީތަފާތުކަމެއް ނެތެއްކަމަކު ޖިންސީ ތަފާތުކަން އަންނަނީ ފިރިހެން ކުދިންނާއި އަންހެންކުދިންނާމެދު މުޢާމަލާތްކުރެވޭ ގޮތްތައް ތަފާތު ކުރުމުގެ ސަބަބުންނެވެ. މުދައްރިސުން ކިޔަވައިދޭއިރު ފިރިހެން ކުދިންނާއި އަންހެންކުދިންނާއި އެއްގޮތަކަށް މުޢާމަލާތު ކުރުމާއި ވަކި ޖިންސެއްގެ ކުއްޖަކަށް ވުމުން ދަށް ނުވަތަ މޮޅުވާނެ ކަމަށް ހީކުރެވޭ ހީކުރެވުން ތަކުން ދުރުހެލިވެގެން މިކަމުގެ ސަބަބުން އަންނަ ތަފާތުކަން ކުޑަކުރަވޭނެއެވެ.

އުދަގޫ ފައްތަރެއްގައި ތިބޭ ދަރިވަރުން 
އުދަގޫ ފައްތަރެއްގައި ތިބޭ ދަރިވަރުން ބޮޑަށް މާނަކުރެވެނީ ތަފާތު ސަބަބުތަކާހުރެ ތަޢުލީމީ ވަކި ފެންވަރަކާ ހަމައަށް ނުގޮސް މަދުރަސީ ދައުރު ދޫކޮށްލުމަށް މަޖުބޫރުވާފަދަ ހާލަތުގައި ތިބޭ ކުދިންނެވެ. މުދައްރިސުން މިފަދ ކުދިންނާމެދު ކިޔެވުން ކާމިޔާބު ކުރުމާމެދު މަތިވެރި އުއްމީދުތަކެއް ކުރުމާއެކު، ތަފާތު ވައްތަރުގެ ދޭދޭގުޅުންތަކަށް މަގުފަހިވާފަދަ ގިނަގުނަ ހުނަރުވެރި އުނގެނުމުގެ ޙަރަކާތްތައް ރާވާ ތަފާތު ކުދިން ޝައުޤުވެރި ކުރުވުމުގެ ގޮތުން އެކުދިން ގަޔާވާ ކަންކަމާއި ގުޅުވައިގެން ކިޔަވައިދެއެވެ.
މީގެ އިތުރުންވެސް ދަރިވަރުންގެ ހުރިހާ ދަރިވަރުން ބައިވެރިކޮށްގެން ދަރިވަރުންނާއި ގުޅޭ އުނގެނުމުގެ ހަރަކާތްތަކާއި ދިމާވާ ގޮންޖެހުންތަކާއިއެކު ކޮންމެ ދަރިވަރަކީވެސް ތަފާތު ކުއްޖެއްކަން ދެނެގަނެން އުނގަނައިދިނުން ރާވާލެވިއްޖެނަމަ މުދައްރިސުން ދަރިވަރުންނާއިމެދު ކުރެވޭ އުންމީދުތައް ހާސިލް ކުރުމަށް ފަހިވެގެން ދާނެއެވެ.
ދަރިވަރުންގެ ތަފާތުތައް ވަރަށް ގިނައެވެ. މަތީގައިވާ ތަފާތުތަކުގެ އިތުރުން ނުކުޅެދުންތެރި ކުދިންނާއި، ގިފްޓެޑް އަދި ހުނަރުވެރި ދަރިވަރުންގެ ވެސް ތަފާތުތައް ދެނެގަނެ އުނގަންނައިދޭން ޖެހެއެވެ. ވިސްނުންތޫނު ދަރިވަރުންނަށް އިތުރު އެކްޓީވިޓީއެއް ގެންގޮސް ހަމައެކަނި އެދަރިވަރުންނަށް އިތުރަށް އުނގަންނައިދޭން މަސައްކަތްކުރުމުގެ ބަދަލުގައި އެފަދަ ދަރިވަރުން ދެނެގަނެ، އެދަރިވަރުން ޝާމިލްވާގޮތަށް ކުލާސް ގުރޫޕުކޮށް އެދަރިވަރުންގެ ފަރާތުން އެހެންދަރިވަރުންނަށް އެހީތެރިކަން ފޯރުވޭފަދަ މަސައްކަތެއް ރާވައިގެން އުނގަންނައިދޭން މަސައްކަތް ކުރެވިދާނެއެވެ.  މީގެއިތުރަށް ދަސްކުރުމާއި މުޢާމަލާތްކުރުމުގައި އުނިކަން ލިބިފައިވާ ދަރިވަރުން ދެނެގަނެ އެފަދަ ދަރިވަރުންނަށް ފަސޭހައިން އޮޅުންފިލާފަދަ އެކްޓިވިޓީ ރޭވިގެން ގެންދިއުމަށް ވިސްނަންޖެހޭނެކަން ތަފާތުތަކާއިއެކު އުނގަންނައިދިނުމުން ދަރިވަރުންނައިމެދު ކުރެވޭ އުންމީދުތައް މަތިވެ ހާސިލް ކުރުމަށް ފަހިވެގެން ދެއެވެ. ހަމަ އެފަދައިން ޓެކްނޮލޮޖީގެ އާގޮތްތައް ބޭނުންކޮށްގެން ޑިފެރަންޝިއޭޓެޑް ޓީޗިންއަށް ސަމަލުކަން ދިނުމުންވެސް ދަރިވަރުންގެ ތަފާތަކާއި އެކުދިންގެ ބޭނުންތަކަށް ސަމާލުކަން ދިނުމަށް އިތުރުމަގެއް ކޮށިގެންދާނެކަމަށް ދެކެމެވެ.
ދަރިވަރުންގެ ތަފާތުތަކާއިއެކު އުގަންނައިދިނުމާއި އުންމީދުތަކަށް ވާސިލުވުމަށް ދޫކޮށްލަން ނުވަތަ އަޅާލަން ނުޖެހޭ އާންމު ކަންތައްތަކެއް ހުރެއެވެ. އެގޮތުން ދަރިވަރުން ތަފާތު ބަހަކުން ވާހަކަދެއްކުމުގައި ނުންނަ ނުކުޅެދުންތެރިކަމަށް ނުބެލުމާއި  ވަކިބަޔަކަށް ނުވަތަ ވަކިމީހަކަށް ނިސްބަތްވާ ގޮތަށް މިސާލު ނުދެއްކުމާއި އަދި ކުލާހެއްގައި މަޑުމައިތިރިކޮށް އިންނަ ދަރިވަރުންނަކީ އެއްވެސް އެއްޗެއް އަޑުނާހާ ނުވަތަ ނޭގޭ ދަރިވަރުންކަމަށް ނުބެލުމަށް ވެސް ސަމާލުކަން ދޭންޖެހޭނެއެވެ.

No comments:

Post a Comment